ވޯކްޝޮޕެއް ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި މީހަކަށް ފަރުވާދެނީ
ރަތްވިލާމަގުގައި ހުރި ވޯކްޝޮޕެއް ގައި އަލިފާނުގެ ހާދިސާއެއް ހިނގައި, ހާދިސާއާއި ގުޅިގެން އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ދާދި ދެންމެ އަކު ބުނީ، ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިރޭ 20:46 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް