ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ-- ފޮޓޯ: މަޖިލިސް
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ-- ފޮޓޯ: މަޖިލިސް
ހަބަރު 14 Dec 2023 | 09:13

ސަލާހުއްދީން ޕްރިންސިޕަލް ނާސިހާއަށް އެނގިގެން ދަރިވަރަކަށް އަނިޔާ ލިބުނަ ނުދޭނެ: ޑރ.އައިޝަތު

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ކުއްޖަކަށް ބުލީ ކޮށްގެން ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން، މީސްމީޑިއާގައި އެ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސްއާ ދެކޮޅަށް ޕޯސްޓުތައް ޖަހަމުން ދާތީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ, ޕްރިންސިޕަލް ނާސިހާގެ ދިފާއުގައި ތެދުވެވަޑައިގެންފިއެވެ.

ޑރ.އައިޝަތު އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ނާސިހާއަކީ މި ވަގުތު ރާއްޖޭގެ އެޑިއުކޭޝަން ސިސްޓަމުގައި ހުރި އެންމެ ރަނގަޅު އެއް ޕްރިންސިޕަލު ކަމަށާއި، ނާސިހާއަށް އެނގިގެން އެފަދަ އެއްވެސް އަނިޔާއެއް އެއްވެސް ދަރިވަރަކަށް ލިބުނަ ނުދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

މީގެ އިތުރުންވެސް އެކަމަނާ ވިދާޅުވީ އެ ޕްރިންސިޕަލަކީ އަބަދުވެސް ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ޑރ.އައިޝަތު އަލީ ވަނީ ހުރިހާ ސްކޫލުތަކަކީވެސް ދަރިވަރުންނަށް ބުލީ ކުރުމާއި އެފަދަ އެހެނިހެން އަނިޔާތަކުން ވެސް ސަލާމަތްވެފައިވާ އަމާން ތަނަކަށް ވުން އެދޭ ކަމަށް ވިދާޅުވެފައެވެ.

އެ ސްކޫލުގެ ބައެއް ބެލެނިވެރިންނާއި، އާންމުންވެސް ވަނީ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަތައް ކުށްވެރިކޮށް، ޕްރިންސިޕަލުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. މިގޮތުން ސަލާހުއްދީން ސްކޫލާއި އެ ސްކޫލުގެ މުދައްރިސުންވެސް ވަރަށް ރަނގަޅު ކަމަށާއި ބަޔަކު ޖަހާހާ ޕޯސްޓަކުން ސްކޫލާމެދު ދެކޭ ގޮތް ބަދަލު ނުވާނެ ކަމަށްވެސް ބައެއް ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.

ސަލާހުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރަކަށް އެ ކުލާހުގައި އުޅޭ ކުދިންގެ ފަރާތުން ބުލީ ކުރުމާއި ޖިސްމާނީ އަނިޔާތައް ކުރިމަތިވާ މައްސަލައެއް  އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެ މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.