ޔޫޓިއުބުން މިހާރު ދިވެހި ސަބްޓައިޓްލްސް ފެނޭ!
އޮންލައިން ވީޑިއޯ ޝެއަރިން ޕްލެޓްފޯމެއް ކަމުގައިވާ ޔޫޓިއުބުން ރިއަލްޓައިމް ދިވެހި ސަބްޓައިޓްލް ފެންނަ ގޮތް ހަދައިފިއެވެ.
ދިވެހި ސަބްޓައިޓަލް ބަލާލުމަށް ބޭނުންވާ ވީޑީއޯއެއްގެ ޔޫޓިއުބުގެ ސެޓިން އަށް ގޮސް، ސަބްޓައިޓަލް ނުވަތަ ސީސީ އަށް ފިތާލުމުން އޮޓޯ ޓްރާންސްލޭޓް އަރައެވެ. އަދި އޭގެން ދިވެހި އިހުތިޔާރުކުރުމުން ބަލަން ބޭނުންވާ ވީޑިއޯއަކަށް ދިވެހި ސަބްޓައިޓަލް އަރައެވެ.
ޔޫޓިއުބަށް މިގެނައި އަޕްޑޭޓުން ދިވެހިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
2005 ވަނަ އަހަރު އެމެރިކާގައި ލޯންޗް ކުރި ޔޫޓިއުބަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް