މޯލްޑިވް ގޭސް ކުންފުނީގެ ކޯޕަރޭޓް ޔުނީފޯރމްގައި ގައުމީ ދިދަ ހިމަނައިފި
މޯލްޑިވް ގޭސް ކުންފުނީގެ ކޯޕަރޭޓް ޔުނީފޯރމްގައި ގައުމީ ދިދަ ހިމަނަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދު ނިންމަވައިފިއެވެ.
މިކަމާއި ބެހޭގޮތުން މޯލްޑިވް ގޭސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އެ ކުންފުނީގެ މަވައްޒަފުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާ ކުރުމުގެ މަޤްސަދުގައި ފެށި ކަމެއްކަމަށެވެ.
ދާދި ފަހުން މަގާމާއި ހަވާލުވެވަޑައިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދު ވަނީ މޯލްޑިވް ގޭހުގެ ހުރިހާ ސެންޓަރެއްގައި ވެސް ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ގުރުއާން ކިޔެވުމުގެ އިތުރުން ގައުމީ ސަލާމް ކިޔާ ގޮތަށް ހަމަޖައްސަވާފައެވެ.
އަމާޒަކީ މޯލްޑިވް ގޭހަކީ ފައިދާވާ އަދި ރައްޔިތުންނަށް ހެޔޮ އަގުގައި ހިދުމަތް ދޭ ކުންފުންޏަކަށް ހެދުން ކަމަށާއި އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ހަދަން މުވައްޒަފުންގެ އެހީއާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް