ާރައީސް ޔާމީން ހާޒިރުކުރަނީ މާލީ މުއާމަލާތްތަކުގެ މައްސަލަތަކެއްގައި: ފުލުހުން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަދި މި މައްސަލަތަކާއި ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ދޭއްޖަހާއިރުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް