ފޯރޓްނައިޓް ކުޅުން ހުއްޓުވާތީ ލޯބިވެރިޔާއަށް ހަމަލާދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަޝްހޫރު ކޮމްޕިއުޓަރ ގޭމެއްކަމުގައިވާ ފޯރޓްނައިޓް ކުޅެމުންދިޔަ ގޭމަރެއް އޭގެން ދުރުކުރުވުމަށް އޭނާގެ ލޯބިވެރިޔާ މަސައްކަތް ކުރުމުން ލޯބިވެރިޔާއަށް ހަމަލާދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިޔާގެ މަޝްހޫރު ގޭމަރެއްކަމުގައިވާ ލޫކް މުންޑޭ، އޭނާގެ ފޯރޓްނައިޓްކުޅުން ޓްވިޗް މެދުވެރިކޮށް ލައިވްކާސްޓްކުރަމުން ދަނިކޮށެވެ.
ލޫކް ގޭމްކުޅެމުން ދަނިކޮށް އޭނާގެ ލޯބިވެރިޔާ އޭނާގެ ގާތުގައި އައުމަށް އެދުމުން ލޫކްވަނީ އެ އަންހެންމީހާއާއި ބޭއަދަބީ ބަހުން މުޚާތަބުކޮށް އޭނާ ގައިގައި ތިންފަހަރު ޖަހާފައެވެ. ޖެހުމާއި އެކު އެ އަންހެންމީހާ ރޮއެގަންނަ މަންޒަރު ޓްވިޗްގެ ލައިވްސްޓްރީމްގައި ވަނީ ފެނިގެންގޮސްފައެވެ.
ލައިވް ސްްޓްރީމްގައި ލޫކް އޭނާގެ ލޯބިވެރިޔާ ގައިގާ ޖެހުމުން އޭނާވަނީ އަޑުހަރުކޮށް އެވާހަކަ ބުނެފައެވެ. އެހެންކަމުން ލޫކް ދަންނަ ގޭމަރުންތަކެއް ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅައި ލޫކް ހައްޔަރުކުރުމުގައި އެހީތެރިވެދީފައެވެ.
މި މައްސަލަ އޮސްޓްރޭލިޔާގެ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، ލޫކް މިވަގުތު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް