ރާއްޖެ ޓުއަރ މަސްދަތުރު: މިއީ ވާ ކަމެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތޮއްޖެހި ބައިބޯވެފައިވާ މާލޭގައި ދިރިއުޅޭ ފަރާތްތައް އަބަދުވެސް ކުރާ ޝަކުވާއެއް އޮވެއެވެ. އެއީ ހުސްވަގުތާއި ޗުއްޓީ ލިބުމުން މާލެ ސަރަހައްދުގައި ކުރާނެ މާ ގިނަ ކަންތައްތައް ނުހުންނަކަމެވެ.
ނަމަވެސް މި ފޫހިކަމަށް ހައްލެއް ގެނެސްދިނުމަށް ރާއްޖެ ޓުއަރ ނަމަކަށް ކިޔާ ޓުއަރ ކުންފުންޏަކުންވަނީ ޚާއްސަ މަސްދަތުރު ޕެކޭޖެއް ތައާރަފްކޮށްފައެވެ. 3000 ރުފިޔާގެ މި އަގުހުރި ޕެކޭޖުގައި ވަނީ ޚާއްސަ ކަންތައްތަކެއް ހިމަނާފައެވެ.
މާލެއާާއި ކައިރި ސަރަހައްދަކަށް މަސް ބާނަންދެވޭ މި ޕެކޭޖްގައި ލޯންޗްގެ އިތުރުން ކަންވާރު، ބުޅި އަދި ބަރި ހިމެނޭނެއެވެ. މި މަސްދަތުރުގައި ބޭނުންކުރާ ލޯންޗަކީ ހަތްމީހުންގެ ޖާގައިގެ، ދުވެލި އަވަސް ލޯންޗެއްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
މި މަސްދަތުރުގައި ދާންބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތާއި ބުކިންގް ހެއްދެވުމަށް 7946564 އަށް ގުޅުމަށް ނުވަތަ ރާއްޖެ ޓުއަރގެ ފޭސްބުކް ޕޭޖަށް މެސެޖްކުރުމަށް އެދެއެވެ.
ރާއްޖެ ޓުއަރ ކުންފުނިން މީގެ އިތުރުން އަތޮޅުތެރޭ ގެސްޓްހައުސްތަކަށް ދިއުމުގެ އިންތިޒާމްތައްވެސް ހަމަޖައްސައިދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް