ޕީޕީއެމް އަތުލި އިރު އެއްވެސް ދަރަންޏެއް ނޯންނާނެ: އަލީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ އަތުން ޕީޕީއެމް އަތުލި އިރު އެޕާޓީގެ އެއްވެސް ދަރަންޏެއް ނޯންނާނެކަމަށް މައުމޫން ރިފޯމް މޫވްމަންޓްގައި ހަރަކާތްތެރިވާ، އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން އަދާކުރެއްވި އަބްދުލް އަލީމް އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޕީޕީއެމްގެ ދަރަންޏަށް ޒިންމާވާން ޖެހޭކަމުގައިވާނަމަ ޑީއާރްޕީގެ ދަރަންޏަށް ރައީސް މައުމޫން ޒިންމާވާންޖެހޭނެ ކަމަށްބުނެ އެޕާޓީގެ ލީޑަރ ކާނަލް ނަޝީދު ވިދާޅުވުމުން އެކަަމަށް ރައްދުދެއްވަމުން އަލީމް ވިދާޅުވީ ކާނަލް ޑީއާރްޕީއާއި ހަވާލުވިއިރު، އެޕާޓީގެ އޭރުގެ ރައީސްއަކީ ތަސްމީން ކަމަށެވެ. އަދި ރައީސް މައުމޫން ޑީއާރްޕީގެ ދަރަންޏާއި ހަވާލުވާން ޖެހެނީ ކޮން އުސޫލަކުންތޯ އަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.
އަލީމް ވަނީ ޕީޕީއެމް ރައީސް މައުމޫންގެ އަތުން އަތުލިއިރު އެއްވެސް ދަރަންޏެއް ނޯންނާނެކަމަށް ފާހަގަކުރައްވާފައެވެ.
އަދި އެހެންމެ އަލީމް ވަނީ ސިޔާސީ މައިދާނުގައި އުޅޭއިރު ކަންކަމާއި ހަވާލުވާންވީ ފަރާތް ނޭނގުމަކީ ލަދުވެތިކަމެއްކަމުގައި ކާނަލް ނަޝީދަށް މުޚާތަބުކުރައްވާ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް