N/A
N/A
ހަބަރު 15 Feb 2020 | 05:14

އިންޑިއާ އެމްބަސީ ކުރިމައްޗަށް އެއްވުމަށް ލަތީފު ގޮވައިލައްވައިފި

މާލޭގައި ހުންނަ އިންޑިއާ އެމްބަސީ ކުރިމައްޗަށް އެއްވެ މުޒާހަރާކުރާނެ ކަމުގެ އިންޒާރު، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފު ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފު ވިދާޅުވީ، މިސަރުކާރަށް އިންޑިއާ އާއި ނުލައި ހަމަ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

އެގޮތުން ޓީޗަރުން ނާއި ނަރުހުންނާއި ޑޮކްޓަރުންވެސް ގެންނަން ޖެހެނީ އިންޑިއާ އިން ކަން ފާހަގަކުރައްވާ ލަތީފު ވިދާޅުވީ، އިންޑިއާ މީހުންނަށް ނޫނީ ރާއްޖޭގައި އެއްވެސް ކަމެއް ނުކުރެވޭ ދަރަޖައަށް ކަންކަން ހިނގައްޖެ ކަމަށެވެ.

''ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވަނީ، ގައުމުގެ ހާލަތު އެހާ ދަށަށް މިދަނީ، ބޭރު މީހުންނަށް ނޫނީ އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް މިދަނީ، ޑޮކްޓަރުން ގެނެވެނީ އިންޑިއާ މީހުންނަށް، ނަރުހުން ގެނެވެނީ އިންޑިއާ މީހުންނަށް، ތަނެއް ހިންގަން އެނގެނީ އިންޑިއާ މީހުންނަށް. މިހުރިހާ ކަމެއްގައި އިންޑިއާ އިންޑިއާ، މާދަމާ ހުރިހާ މީހުން ނުކުންނަންވީ އިންޑިއާ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަން." ލަތީފު ވިދާޅުވިއެވެ.

މީގެއިތުރުން ލަތީފު ވިދާޅުވީ ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް އިތުބާރުކުރަން ހެޔޮވެސް ނުވާނެ ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ބޭނުންހާ ގޮތެއް މިގައުމަކަށް ނުހެދޭނެ ކަމަށާއި ގައުމުގެ ހުރިހާ މުދަލެއް ވިއްކާ އެކުވެރިންނާއި އާއިލާ މީހުންނަށް ބަހައި ހުސްކޮށްފި ކަމަށެވެ.

މިހުރިހާ ކަމެއް ހިނގަމުންދާއިރު އިދިކޮޅު ފަރާތްތަކުން ބަސް އަހައިގެން ބަލަން ނުތިބޭނެ ކަމަށް ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތުހުރިހާ ވާހަކައެއް ދައްކަވަނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ހަދައިގެންނެވެ. އެގޮތުން ނަޝީދު ބޭނުންފުޅުވާ ކަންކަން ކުރަމުންދަނީ ރައްޔިތުން މޮޔަ ހައްލައިގެން ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.