N/A
N/A
ހަބަރު 15 Feb 2020 | 06:10

ރައީސް ޔާމީންގެ މައްޗަށް ހިންގި ތަހުގީގާއި، ކުރި ދައުވާ އަކާއި އެއްވެސް ގުޅުމެއްނެތް: ޝިޔާމް

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމް އިއްްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހިންގި ތަހުގީގަކާއި ދައުލަތުން ކުރި ދައުވާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުރި ޝަރީއަތަކީ މިހާތަނަށް އެންމެ ގިނަ މީހުން ބެލި ޝަރީއަތް ކަމަށާއި ޝަރީއަތް ކުރިޔަށް ދިޔައީ އިންސާފުވެރިކޮށް ނޫންކަން ރައްޔިތުންނަށް ފެނިގެންދިޔަ ކަމަށެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ބޮޑު ތުހުމަތުން ބަރީއަވުމަށްޓަކައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސާބިތުކަން ރައްޔިތުންނަށް ދައްކަވާފައި ކަމަށެވެ. އަދި ދަށު ކޯޓުން ޝަރީއަތް ކުރިޔަށް ގެންދިޔައިރު، ރައީސް ޔާމީނާ މެދު އެއްވެސް އިންސާފެއްނެތި ކަންކަން ނިންމެވިކަން ހާމަވެގެންދިޔަ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

''ރައީސް ޔާމީންގެ މައްޗަށް ޝަރީއަތްކުރި ފަނޑިޔާރުން އެބޭފުޅުން އަމިއްލައަށް ބަޔާންތައް ނެރުއްވައި މިއަދުގެ ސަރުކާރުން މައްސަލައަށް ނުފޫޒު ފޯރުވަން އިންތިހާއަށް މަސައްކަތްކުރި ވާހަކަ އެފަނޑިޔާރުން އަމިއްލަފުޅަށް ބަޔާން ނެރުއްވައި އެހުރީ ވިދާޅުވެފައި. ކޮން މުއައްސަސާއަކުންތޯ އެމައްސަލަ ބެއްލެވީ. މައްސަލަ ކުރިޔަށް ގެންދަން ތިން ގަޑިއިރަށް ވެފައި ހުއްޓައި ޝަރީއަތް ކެންސަލްކުރީ، އެފަނޑިޔާރު ސަސްޕެންޑްކުރީ.'' ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ފެންމަތި ކުރުވިއިރު، ފަހުން އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ އިސް ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްވެސް އޮތް ކަމަށެވެ. ނަމަވެސް އެމައްސަަލަ ނުބަލައި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަވަސް އަރުވާލައިގެން މައްސަލަ ކުރިޔަށް ގެންދިޔަ މަންޒަރުވެސް ރައްޔިތުންނަށް ފެނިގެން ދިޔަ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

''ދިވެހި ރާއްޖޭގެ ކޯޓުތަކުން ލިޔެފައި ނެރޭ ހުކުމް އޮންނަ ގޮތަކަށްނޫން އެހުކުމް އޮތީކީ، ބަޔަކު ބުނެގެން ބަޔަކު ބޭނުންވި ގޮތަކަށް ބަޔަކު ބޭނުންވި އެއްޗެއް އެ ހުކުމުގައި ލިޔެފައި އޮތްތަން އަޅުގަނޑުމެންނަށް ފެނުނީ. ހުކުމުގައި ރިއާޔަތްކޮށްފައި ހުރި ދައުލަތުގެ މުއައްސަސާތަކުން ހުންނާނެ ކަމަށް ބުނި އެއްޗަކާއި ހުކުމުގައި ލިޔެފައި އޮތް އެއްޗަކާއި ދިމަލެއް ނުވޭ.'' ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވަނީ އެހެން މީހުންގެ މައްސަލަތައް ރިވިއު ކުރާ އުސޫލުން ރައީސް ޔާމީންގެ މައްސަލަވެސް އަލުން ރިވިއު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވައިލައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.