N/A
N/A
ހަބަރު 15 Feb 2020 | 06:17

މިފަހަރު ނިންމާ ނިންމުމެއްގެ ސަބަބުން 50 އަހަރަށް ގައުމުގެ މުސްތަގުބަލު ބަދަލުވެދާނެ: ޣައްސާނު

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން 50 އަހަރަށް ރާއްޖޭގެ މުޅި މުސްތަގުބަލު ބަދަލުވެގެން ހިނގައިދާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާނު ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އެގޮތުންް ކައުންސިލު އިންތިހާބުގައި ވިސްނާނުލައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާކަން ރައްޔިތުން ހަނދާން ކުރަންޖެހޭ ކަމަށެވެ.

''ގައުމުގެ ހާލަތު މިދަނީ މައްޗަށްތޯ ނުވަތަ ދަށަށްތޯ އެބަޖެހޭ ވިސްނާލަން. އާމްދަނީ ލިބުން މިދަނީ މައްޗަށްތޯ ނުވަތަ ދަށަށްތޯ އެބަޖެހޭ ވިސްނާލަން. ވަޒީފާގެ ފުރުސަތުތަސް ދަނީ ދަށަށްތޯ ނޫނީ މައްޗަށްތޯ އެބަޖެހޭ ބަލައިލަން. ތައުލީމީ ދާއރާއިން ދަނީ ދޮރުތައް ހުޅުވެމުންތޯ ނޫނީ ލެއްޕެމުންތޯ ބަލަން އެބަޖެހޭ. އިސްލާމް ދީނާ މެދު ސަރުކާރުން އަމަލުކުރަމުން ދަނީ އަޅުގަނޑުމެން އެންމެ އެދޭ ގޮތަށްތޯވެސް އެބަޖެހޭ ވިސްނާލަން.'' ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ އެކަންކަމަށް ވިސްނާ ފިކުރު ކުރުމަކީ މއިަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އަދި އެއީ އަދާ ކުރަން ގައުމީ ވާޖިބެއް ކަމަށެވެ.

ކައުންސިލު އިންތިހާބުގައި ރައްޔިތުން ގޮތް ނިންމަންވާނީ ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށް ޣައްސާނު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއެކު ކައުންސިލު އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނެރެފައި ތިބީ އެކަމަށް އެންމެ ގާބިލު ކެންޑިޑޭޓުން ކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.