ޓީއެމްއޭއަށް ލަފާދޭ ކުންފުނީގައި ޝައުނާާގެ ބައިވެރިވުން ނެތްކަމަށްބުނެ ހެއްދެވީ އިތުރުފުޅެއް؟
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާާ އާ ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް ދޭން އެދެމުންދާ މައްސަލައިގައި، އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރެވިފައިވާ ކުންފުންޏެއްގައި ރައީސުލްޖުމްހޫރިއްޔާާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު އޮތްކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އޮންލައިން ނޫހެއްކަމުގައިވާ ދިޔަރެސްގައި ބުނެފައިވާ ގޮތުގައި ރާޢްޖޭގެ މީޑިއާތައް މެދުވެރިކޮށް ސީޕްލޭން ޓާމިނަލް ޓީޢެމްއޭއަށް ކުޑަ އަގެއްގައި ދިނުމަކީ ރަނގަޅު ކަމެއްކަން ދެއްކުމަށް ޝައުނާގެ މަސްލަަހަތު އޮންނަ އެޓޯލްސް ކޮމިއުނިކޭޝަންސް ކިޔާ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފައެވެ.
somthng v.v. fishy going on.
— Dr Ibrahim Shiyam (@IbrahimShiyam15) February 14, 2020
- https://t.co/a85EHMzQ2L (SR) and https://t.co/GGjFDW0sUf (AC) are copies "using same name-servers" ns{1/2/3}.dreamhost.com
- AC reg. on 23-Jan-2020 (after TMA buzz start)
- SR expires on 03-05-2021 , "AC expires much earlier" 23-1-2021
- y buy AC? pic.twitter.com/G87V4qcMrh
މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިިބިކަމަށް އެ ކުންފުނީގެ ވެބްސައިޓުން ބުނެފައިވަނީ ޝައުނާގެ ފިރިކަލުން މުހައްމަދު ޠާރިގު ހާމިދާއި، ރައީސް ނަޝީދުގެ މީޑިޔާ އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވާާ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމުގައިވާ ޕޯލް ރޮބާޓްސްއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޝައުނާގެ އެސެޓް ޑިކްލެރޭޝަން ފޯމްގައި ވަނީ ޝައުނާާއާއި ޕޯލް ރޮބާޓްސްގެ ކުންފުންޏެއް އޮތްކަމަށް ބުނެފައެވެ.

މި ޚަބަރާއި ގުޅިގެން ޓްވިޓަރ މެދުވެރިކޮށް ޝައުނާ ވަނީ އެޓޯލް ކޮމިއުނިކޭޝަންސްގައި އެކަމަނާގެ އެއްވެސް ހިއްސާއެއް އަދި ދައުރެއް ނޯންނާާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުގައި އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިންގ ޕާޓްނަަރަކީ އައިމިނަތު ޝައުނާއެވެ. މިކަން ޝައުނާގެ އެސެޓް ޑިކްލެރޭޝަން ފޯމްގައި ހިމަނާފައެއް ނުވެއެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ ގޮތުގައި ޝައުނާ އެންޑް ރޮބާޓްސް ކުންްފުނީގެ ވެބްސައިޓަށް ވަންނަން މަސައްކަތް ކުރުމުން މިހާރު ދެވެނީ އެޓޯލްސް ކޮމިއުނިކޭޝަންސްގެ ވެބްސައިޓަށެވެ. އެނގިފައިވާ ގޮތުގައި މި ދެކުންފުނީގެ ވެބްސައިޓް ހޯސްޓްކޮށްފައިވަނީ އެއް ސާވާތަކެއްގައެވެ.
މި މައްސަލައިގައި މި ދެ ކުންފުނީގެ ފަރާތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް