ފުޓްބޯޅައިގެ ގަދަބާރު ވެލެންސިޔާ އަނެއްކާވެސް ފުރަތަމަ ޑިވިޝަނަށް!
ދިވެހި ފުޓުބޯޅައިގެ ޒަމާންވީ ގަދަބާރެއްކަމުގައިވާ ކްލަބް ވެލެންސިޔާ އަނެއްކާވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފިއެވެ.
ފުރަތަމަ ޑިވިޝަނުން ކްލަބް ވެލެންސިޔާާ އަލުން ޖާގަ ހޯދާފައިވަނީ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މަައްޗަށް 3-2 އިން ކާމިޔާބީއެއް ހޯދައިގެންނެވެ. މި މެޗްގައި ވެލެންސިޔާގެ ގޯލްތައް ޖަަހައިދިނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަދި ބިދޭސީ ފޯވާޑް އައިރީ ސެމިއެލްއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެލެންސިޔާއާއި ދެކޮޅަށް ވާދަކުރި ޖޭޖޭގެ ކޯޗަކަށް ހުރީ ވެލެންސިޔާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކެޕްޓަން އައްސަދު އަބްދުލްޣަނީއެވެ.
ވެލެންސިޔާއަކީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކުރި ޓީމެކެވެ.
އެ ޓީމް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެގެންދިޔައީ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވުމުންނެވެ. އެހެނިހެން އަހަރުތަކެކޭ ޚިލާފަށް މިފަހަރުގައި ދެވަަނަ ޑިވިޝަންގެ ފައިނަލަށްދާ ދެ ޓީމަށްވެސް ވަނީ ލީގުން ޖާގަދޭން ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް