ހުޅުމާލޭގައި އެޅި ބީޗް ވޮލީ ކޯޓު ހުޅުވައިފި
ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިންގ ކޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ހިމެނިވަޑައިގަންނަވާ ޓީމާއި ޤައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަޙްމަދު އަދި އަޙްމަދު ޢަލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ވެސް ކުޅުއްވާފައިވެއެވެ.
ފަސްޕޮއިންޓަށް ކުޅުނު މި މެޗް 5- 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޤައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ.
އެއަށްފަހު ދެން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އަޙްމަދު މަޙްލޫފު ބައިވެރިވެ ވަޑައިގަންނަވާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ.
މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް