އެޕްލިކޭޝަން ފޯމު ހުށަހަޅަންދާ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް އިންޒާރުދީ، ބިރުދައްކަމުން އެބަދޭ: އީސީ
ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ބައިވެރިވުމަށް އެދި، އެޕްލިކޭޝަން ފޯމު ހުށަހަޅަންދާ ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް އިންޒާރުދީ، ބިރުދައްކަމުންދާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން އިއްޔެއާއި މިއަދު ދިޔަ ބައެއް އާއްމު ފަރާތްތަކުން އީސީގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ.
އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތަށް ބިރު ދައްކައި އިންޒާރުދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް