މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު-- ފޮޓޯ/ މަޖިލިސް
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު 15 Jun 2023 | 05:07

ފުއްގިރި ޑީލްގެ މަޝްވަރާގައި އިބްރާހީމް ރަޝީދު ބައިވެރިވިކަމަށް ބުނި ވާހަކަ ދޮގުކޮށް، މައްސަލަ ފުލުހަށް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން އެކަން ދޮގުކޮށް، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހަމަޖައްސައިދިން އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާ ފުރަތަމަ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި މެންބަރު އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ބޮންޑެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން، ބޮންޑޭ މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނީ މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގައި އަދީބު އޭނާއާ ދެކޮޅަށް ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ.

އަދި އޭގެ ސަބަބުން އޭނާގެ އަބުރަށް އުނިކަމެއް އައިސްފައިވާ ކަން ފާހަގަކުރައްވައި އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިދެއްވުމަށް އޭނާ ވަނީ އެދިފައެވެ.

"މި ވަގުތަކީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ވެސް ހުއްޓިފައިވާ ވަގުތެއް ކަމުގައި ވާތީ، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިދެއްވުމަށް އެދި ދެންނެވީމެވެ،" ބޮންޑޭގެ ސިޓީގައިވެ އެވެ.

އަދީބުގެ ހެކިބަހާއި ގުޅިގެން މީގެ ކުރިން ބޮންޑޭ ކުރެއްްވި ޓުވީޓެއްގައި ވަނީ، އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކޮރޮސްޗެކް ) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެންނެވީ އޭނާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި ބަޔާންވެސް ދެއްވި ކަމަށް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.