ޗެނަލް-13 ގެ ނޫސްވެރިއާ އެޗްއާރުސީއެމްގެ މަންޒަރުތައް ކަވަރުކުރަނީ/ ފޮޓޯ: ޕީޕީއެމް
ޗެނަލް-13 ގެ ނޫސްވެރިއާ އެޗްއާރުސީއެމްގެ މަންޒަރުތައް ކަވަރުކުރަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު 15 Jun 2023 | 10:32

ޗެނަލް-13 ގެ ނޫސްވެރިއަކަށް ބިރުދެއްކުން ކުށްވެރިކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕަށް ފިލައިގެން އެ ކޮމިޝަންގެ އިދާރައިން ނިކުތުމަށް މީހަކު ފޮނުވާ ޗެނަލް-13 ގެ ނިއުސް ހެޑް މަރިޔަމް އިއްސާދާއަށް ހަމަލާދިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. 

އެކަމާއި ގުޅޭގޮތުން ޗެނަލް-13 އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 14 ޖޫން 2023 ވީ ބުދަ ދުވަހު އިދިކޮޅު ކޯލިޝަނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުންނާއި ބައްދަލުކުރުމަށް އެ އިދާރާއަށް ވަޑައިގެން، އެތަނުގައި ހަރަކާތްތެރިވަމުން ދިޔައިރު، އެ ސަރަހައްދުގައި ހިނގަމުންދިޔަ ކަންކަން ކަވަރުކުރަމުން ދިޔައީ ޗެނަލް-13 ގެ ނިއުސް ހެޑް މަރިޔަމް އިއްސާދާ ކަމަށެވެ. 

އެ ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން 5 ގަޑިއިރު އެޗްއާރުސީއެމްގެ އިދާރާގައި ހޭދަކުރައްވާފައިވާއިރު މަރިޔަމް އިއްސާދާ ވެސް އެ ހުރިހާ ވަގުތެއް ހޭދަކުރެއްވީ އެ ސަރަހައްދުގައި ކަމަށެވެ. 

އެހެން ނަމަވެސް، އޭނާ އެ ސަރަހައްދުގައި ހުންނަވަނިކޮށް ކޮމިޝަންގެ މެމްބަރު އައިމިނަތު ޝިފާތު އަބްދުއްރައްޒާގު އިދާރާއިން ނިކުމެވަޑައިގަންނަވަންދެން އެ ސަރަހައްދު ދޫކޮށްދިއުމަށް މަރިޔަމް އިއްސާދާއަށް އެކި ގޮތުން އިންޒާރުދީފައިވާކަމަށް ޗެނަލް-13 އިން ވަނީ ބުނެފައެވެ.

އެގޮތުން އާދަމް ރިފާއު (ޑަމޭ) ކިޔާ މީހެއް މަރިޔަމް އިއްސާދާ އެ ސަރަހައްދުގައި ހުއްޓާ އައިސް ދަންނަ މީހެއްގެ ފޯނުކޯލެއްކަމަށް ބުނެ މަރިޔަމް އިއްސާދާ އާއި ފޯނު ހަވާލުކުރި ކަމަށާއި، އެ ވަގުތު ފިރިހެނަކު ފޯނުން ވާހަކަދައްކަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ އިދާރާ ބޭރުގައި މީޑިއާ ހަރަކާތްތެރިވަމުން ދާތީ ޝިފާތު ބިރުން ނިކުމެވަޑައި ނުގެންނެވިގެން ހުންނެވިކަމަށް ބުނެފައިވާކަމަށް ޗެނަލް-13 ގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް އެވަގުތު މަރިޔަމް އިއްސާދާ އަދާކުރަމުން ދަނީ ވަޒީފާގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާއަށް ހުރަސްއެޅޭގޮތަށް ދޭ އެއްވެސް އިރުޝާދެއް ޤަބޫލުނުކުރާނެކަމަށް ބުނުމުން ފަހުން އިންޒާރު ދިނީ އާދަމް ރިފާއު ކަމަށް ބުނެފައި ވެއެވެ.

ޗެނަލް-13 ގެ ބަޔާނުގައި ބުނެފައިވަނީ އާދަމް ރިފާއު ދީފައިވަނީ ނުސީދާ އިންޒާރުތަކެއް ކަމަށެވެ. އެހެން ނަމަވެސް މަރިޔަމް އިއްސާދާ އެ ސަރަހައްދުގެ މަންޒަރުތައް ކަވަރުކުރަމުން ދިއުމާއި ގުޅިގެން އޭނާ އާއި ކުރިމަތިލާ އެ މަންޒަރުތައް ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ފޯނު ޖަހައިގެންފައިވާކަމަށް ބުނެފައި ވެއެވެ.

ޗެނަލް-13 އިން ބުނީ އެ ސްޓޭޝަންގެ ނިއުސް ހެޑް މަރިޔަމް އިއްސާދާއަށް ބިރުދައްކާ އިންޒާރުދީ، އޭނާގެ އަތުގައި އޮތް ފޯނު ޖަހައިގަނެ ދިން ހަމަލާއަކީ އެޗްއާރުސީއެމްގެ މެމްބަރު ޝިފާތު ވަގަށް އެ އިދާރާއިން ނިކުތުމަށް ފުރުސަތު ފަހިކުރުމަށް މިނިވަން މީޑިއާއަށް ހުރަސްއަޅާ ހިންގި ފިނޑި އަމަލެއް ކަމަށެވެ.

އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރިފާއުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅާނެކަމަށް ޗެނަލް-13 އިން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.