ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ފުލުސް އޮފީސް
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ފުލުސް އޮފީސް
ހަބަރު 15 Sep 2022 | 01:57

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އިތުރު 5 މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު މާލޭ މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިން ތިން ފުލުހުކަށް ހަމަލާދިން މައްސަލައިގައި ފުލުހުން އިތުރު 5 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި މިދިޔަ ހުކުރު ދުވަހު ތިން ފުލުހުންނަށް ހަމަލާދިން މައްސަލަައިގައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ އިތުރު 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންވެސް ހައްޔަރުކޮށްފައިވަނީ ފިލައިގެންތިއްބާ ކަމަށެވެ.

އަދި މި މައްސަލައިގައި މީގެ ކުރިންވެސް ކޮމިޝަނާ ހަމީދު ގޭންގުތަކަށް ދެއްވާފައިވާ އިންޒާރު ތަކުރާރު ކުރައްވާ ވިދާޅުވެފައިވަނީ ރޭވިގެން ހިންގޭ ގްރޫޕްތައް ހުއްޓުވުމުގައި ފުލުހުން ފަހަތަށް ނުޖެހި ދެމިތިބޭނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ހާދިސާ ހިނގި ހުކުރު ދުވަހު ދެމީހުން ހައްޔަރުކޮށް މި މަހުގެ 12 ވަނަ ދުވަހުވެސް ފުލުހުން ވަނީ އިތުރު މީހަކު ހައްޔަރުކޮށްފައެވެ. މީގެ ކުރިން ކޮމިޝަނާ ހަމީދު ވަނީ މި ހަމަލާދީފައިވަނީ ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކުން ކަމުގައި ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް
01 Nov 2026 ހަބަރު

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގުން: ފުލުހުންގެ ސަމާލު ކަމަށް

ޑައިވިންއަށް ދިޔަ ބައެއްގެ މެދުގައި ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.