ފަސް ރަށެއްގެ އައިސް ޕްލާންޓް ހަދަން ބަޔަކާ ހަވާލުކުރަނީ
ރާއްޖޭގެ ފަސް ރަށެއްގައި އައިސް ޕްލާންޓް ހަދަން އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ފަސް އައިސްޕްލާންޓު ހަދާނެ ބަޔަކު ހޯދަން އެންމެ ފަހުން ބީލަމަށް ހުޅުވައިލުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.
އެގޮތުން އައިސް ޕްލާންޓް ހަދަން ނިންމާފައިވަނީ ހއ. ދިއްދު އާއި އއ. ރަސްދު އާއި ދ. މީދު އާއި ލ.މާމެންދޫގެ އިތުރުން ގދ. ރަތަފަންދޫގަ އެވެ. މި ރަށްތަކުގައި ހަދަން ނިންމާފައި ވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ.
މިމަސައްކަތް ކުރަނީ ސައުދީ ފަންޑުގެ ހިލޭ އެހީގައެވެ. މިމަސައްކަތް ހަވާލުކުރަނީ މަސައްކަތް ހަވާލުކުރާތާ އަށް މަސްދުވަސްތެރޭގައި ނިންމާ ގޮތަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް