މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި!
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
މި ޖަލްސާ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގައި ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ގައުމީ ދުވަހުގެ ޖަލްސާގެ އިތުރުން ގައުމީ އިނާމު ދިނުމުގެ ޖަލްސާ މާލޭގައި ބާއްވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މި ޖަލްސާވެސް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް