"ހެރީ ޕޮޓާ" ގެ ތަރި ރޮބީ ކޮލްޓްރޭން މަރުވެއްޖެ
"ހެރީ ޕޮޓާ" ގައި ހެގްރިޑްގެ ރޯލު ކުޅުނު ރޮބީ ކޮލްޓްރޭން މަރުވެއްޖެ އެވެ.
އޭޖެންޓު ބެލިންޑާ ވްރައިޓް ނެރުނު ބަޔާނުގައި ބުނީ ރޮބީ ކޮލްޓްރޭން މަރުވީ ސްކޮޓްލޭންޑްގެ ހޮސްޕިޓަލެއްގައި ކަމަށެވެ. މަރުވިއިރު އޭނާގެ އުމުރަކީ 72 އަހަރެވެ.
ރޮބީގެ ކެރިއަރު ފެށުނީ 1979 ވަނަ އަހަރު ޓީވީ ސިލްސިލާ "ޕްލޭ ފޯ ޓުޑޭ" އިން ނަމަވެސް އޭނާ މަޝްހޫރުކަން ހޯދީ ބީބީސީގެ ޓީވީ ކޮމެޑީ ސިލްސިލާއެއް ކަމަށްވާ އަ ކިކް އަޕް ދަ އެޓީރީޒް އިން ނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން 2006 ވަނަަ އަހަރު އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ ލަގަބު ރޮބީއަށް ވަނީ އަރުވާފައެވެ. އޭގެ އިތުރުން 2011 ވަނަ އަހަރު ބަފްތާ ސްކޮޓްލޭންޑް އެވޯޑް ވެސް އޭނާއަށް ވަނީ ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް