ތުރުކީގެ މައިނެއް ގޮވައި 28 މީހުން މަރުވެއްޖެ
ތުރުކީގައި މައިނެއް ގޮވައި 28 މީހަކު މަރުވެއްްޖެއެވެ.
އިއްޔެ ހިނގި މިހާދިސާގައި މައިންގައި ގާތްގަނޑަކަށް 110 މީހުން ތިބި އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ތިބީ 300 މީޓަރު އަޑީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ ސިއްހަތާ ބެހޭ ވަޒީރު ފަހްރެޓިން ކޮކާ ވިދާޅުވީ އެ ހާދިސާގައި 11 މީހަކު ސަލާމަތްކޮށް ފަރުވާ ދެމުން އަންނަ ކަމަށާއި، މިއީ ތުރުކީގައި މިދިޔަ އަހަރުތަކުގެ ތެރޭގައި ހިނގި އެންމެ ގިނަ މީހުން މަރުވި ހާދިސާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު، ބިމު އަޑީގައި 110 މީހަކު ދިޔައީ މަސައްކަތް ކުރަމުން ދިޔަ އިރު، ހާދިސާ ހިނގުމާއެކު އެއްބަޔަކު އަމިއްލައަށް ވަނީ އެތަނުން ނުކުމެފައެވެ. އަދި ސަލާމަތްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރި ޓީމުން ބުނެއެވެ.
މި މައިނަކީ ސަރުކާރު ހިއްސާވާ ތުރުކީގެ ހާޑް ކޯލް އެންޓަޕްރައިސަސްގެ މައިނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް