ވިއްސާރަ ދުވަހެއް---ފޮޓޯ: ވޮއިސް
ވިއްސާރަ ދުވަހެއް---ފޮޓޯ: ވޮއިސް
ހަބަރު 15 Nov 2026 | 10:39

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ހަވީރު 16:30 އަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި، މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު
15 Nov 2026 ހަބަރު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް: ރައީސް މުޢިއްޒު

ޕަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމުކުރެވެންވާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ޑްރަގުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި
15 Nov 2026 ހަބަރު

ހއ. ދިއްދޫގައި ޑްރަގުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިޓު ޖެހިގެން އެޑްމިޓްކުރުމުން، ޣައިރު ހާޒިރުގައި ބަންދުކޮށްފި
15 Nov 2026 ހަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިޓު ޖެހިގެން އެޑްމިޓްކުރުމުން، ޣައިރު ހާޒިރުގައި ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް އަދި ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު، ބަންދުގައި ހުއްޓާ ފިޓު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން، އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި
14 Nov 2026 ހަބަރު

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
14 Nov 2026 ހަބަރު

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
14 Nov 2026 ހަބަރު

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ

ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ