ކްރިމިނަލް ކޯޓް- ފޮޓޯ/ ވޮއިސް
ކްރިމިނަލް ކޯޓް- ފޮޓޯ/ ވޮއިސް
ހަބަރު 15 Nov 2026 | 09:58

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިޓު ޖެހިގެން އެޑްމިޓްކުރުމުން، ޣައިރު ހާޒިރުގައި ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް އަދި ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހަކު، ބަންދުގައި ހުއްޓާ ފިޓު ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން، އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ޒުވާނެކެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓު ޖެހުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީއެވެ. މިކަން ސާފުކޮށްދިނުމުގެ ގޮތުން ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުންތައް ވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މައްސަލަ ބެއްލެވި ގާޟީ އަޙްމަދު ޝާފިޢު ވަނީ، ޒުވާނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާނުގެ އިތުރުން ހައްޔަރާއި ބަންދުގެ ރެކޯޑުތައް ހިމެނޭ ކަމަށް އަމުރުގައިވެއެވެ.

އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، ޒުވާނާގެ ޣައިރު ހާޒިރުގައި މި ނިންމުން ނިންމާފައިވީ ނަމަވެސް، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ގެނެވޭނެ ފަދަ ސިއްހީ ހާލަތަކަށް އާދެވޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ކޯޓު އަމުރުގައި ފުލުހުންނަށް ވަނީ އަންގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި
14 Nov 2026 ހަބަރު

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި

ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
14 Nov 2026 ހަބަރު

ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
14 Nov 2026 ހަބަރު

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
14 Nov 2026 ހަބަރު

ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ

ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ވިޔަފާރި މާކްތައް ހިމާޔަތްކުރާ ޓްރޭޑްމާކް ގާނޫނަށް އަމަލުކުރަން ފަށައިފި
14 Nov 2026 ހަބަރު

ވިޔަފާރި މާކްތައް ހިމާޔަތްކުރާ ޓްރޭޑްމާކް ގާނޫނަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖޭގައި ޓްރޭޑްމާކް ރަޖިސްޓަރީކޮށް، މާކްތަކުގެ ވެރިފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ހިމާޔަތްކޮށްދޭ ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލި ޓްރޭޑްމާކްގެ ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
14 Nov 2026 ހަބަރު

ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން

ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި
13 Nov 2026 ހަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.