ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާގައި ޑިއުޓީގައި އުޅެނިކޮށް ވެއްޓި ނިޔާވި، ޖޯން ނޫ ކިބޫ
ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާގައި ޑިއުޓީގައި އުޅެނިކޮށް ވެއްޓި ނިޔާވި، ޖޯން ނޫ ކިބޫ
ކުޅިވަރު 15 Dec 2022 | 14:06

ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާއިން ސެކިއުރިޓީ ގާޑަކު ވެއްޓި މަރުވެއްޖެ

ގަތަރު ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާއިން، ޑިއުޓީގައި އުޅެނިކޮށް ކެންޔާގެ ސެކިއުރިޓީ ގާޑަކު ވެއްޓި މަރުވެއްޖެ އެވެ. މިހާދިސާގައި ނިޔާވީ ޖޯން ނޫ ކިބޫ ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ ކެންޔާ ރައްޔިތެކެވެ.

ސީއެންއެން އިން ރިޕޯޓް ކޮއްފައިވާ ގޮތުގައި މި ހާދިސާ ނިޔާވި މީހާ ދޯހާގެ ހަމަދު ޖެނެރަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކުރި ކަމުގެ ރެކޯޑްތައް ވަނީ ހޯދާފަ އެވެ. ޖޯން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، މޫނު ފަޅައިގެން ދިއުމުގެ އިތުރުން އުނަގަނޑުގެ ކަށިގަނޑު ފަޅައިގެން ދިއުމުންނެވެ. މެޑިކަލް ޓީމުން ޖޯން ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށާއި  ޖޯން ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮއްކަމުގައި ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އަދި ޖޯން ނިޔާވީ ޑިސެމްބަރު މަހުގެ 13 ވީ އަންގާރަ ދުވަހު ކަމަށާއި މިކަން ޖޯންގެ އާއިލާއަށް އަންގާފައި ވާނެކަން އެ ބަޔާނުގައި ތަފްސީލުކޮށް ދީފައިވެ އެވެ. މިހާދިސާ އާއި ގުޅިގެން ޖޯންގެ ކޮއްކޮ އަންވާޖިރު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނީ ޖޯންއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ފައިސާ އެމީހުންގެ އަތުގައި ނެތް ކަމަށާއި ނަމަވެސް ވީގޮތް އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
14 Jul 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު،   ޝައ...

ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
13 Jul 2026 ހަބަރު

ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި

ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފި އެވެ. މިއަދު މެންދުރުފަހު، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރ...

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ
13 Jul 2026 ހަބަރު

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފިއެވެ. މި ކަން އިޢުލާންކުރައްވާފަ...

ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި
13 Jul 2026 ހަބަރު

ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ޤަޠަރަށް...

ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ؛ ”އެއީ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއް“
12 Jul 2026 ހަބަރު

ޤަތަރު ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ؛ ”އެއީ އާދަޔާޚިލާފު ލީޑަރޝިޕެއް ދެއްކެވި ބޭފުޅެއް“

ޤަޠަރުގެ ތަރައްޤީގެ ބާނީގެ ގޮތުގައި ބެލެވޭ އެ ޤައުމުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ...

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
12 Jul 2026 ދުނިޔެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. ޤަޠަރުގެ ރަސްމީ އިދާރާ، އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝައިޚް ޙަމަދު އަވަހާ...