ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ހާމިދު!
ސިފައިންގެއަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ހާމިދު ޝަފީގު ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން އެ މަގާމަށް ހާމިދު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.
މޭޖާ ޖެނެރަލް ހާމިދު އަކީ ސިފައިންގޭގައި 33 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ސިފައިންގެއިން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.
މާޗް 11، 1990 އިން ފެށިގެން ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވި ހާމިދު ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގައެވެ.
ހާމިދު ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް