ލަވަ ކިޔަން ހުއްޓާ މަރުވެގެން ވެއްޓުނު މަންޒަރު
ލަވަ ކިޔަން ހުއްޓާ މަރުވެގެން ވެއްޓުނު މަންޒަރު
ދުނިޔެ 15 Dec 2023 | 11:38

ބްރެޒިލްގެ ލަވަކިޔުންތެރިއެއް ސްޓޭޖް މަތީގައި ލަވަ ކިޔަން ހުއްޓާ މަރުވެއްޖެ!

ބްރެޒިލްގެ ލަވަ ކިޔުންތެރިއެއް ސްޓޭޖް ޝޯވ އެއްގައި ލަވަ ކިޔަން ހުއްޓައި މަރުވެގެން ވެއްޓިއްޖެއެވެ.

އުމުރުން އެންމެ 30 އަހަރުގެ ޕެޑްރޯ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބްރެޒިލް ގައި އޮތް، ކްރިސްޓިއަން ދީނުގެ ދީނީ ހަރަކާތެއް ބޭއްވުމަށް ކުރިއަށް ގެންދެވުނު މިޔުޒިކް ޝޯވ އެއްގައި ލަވަ ކިޔަން ހުއްޓާ ކަަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.

އެގޮތުން، އޭނާ މަރުވެގެން ވެއްޓުނު ވީޑިއޯ މިހާރު މީސް މީޑިއާގައި ވައިގައި ހިފާފައި ވާއިރު، މަރުވެގެން ވެއްޓުމުގެ ކުރިން، ބެލެންސް ކަހާލައިގެން އޭނާ އަރި އަރި އަޅާ މަންޒަރު ފެނެއެވެ. އަދި އޭގެ އިރުކޮޅެއްގެ ތެރޭގައި އޭނާ ބިންމައްޗަށް ވެއްޓެއެވެ

.

ލަވަކިޔަން ހުއްޓާ މަރުވެގެން ވެއްޓުނު ޕެޑްރޯ

ބޭރުގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި، އޭނާ ވެއްޓުމާއެކު އެ ޝޯވް ބޭއްވި ތަނާއި އެންމެ ގާތުގައި ހުރި ކްލިނިކަށް އޭނާ ވަނީ ގެންގޮސްފައެވެ.

އަދި އެ ކްލިނިކުން ވަނީ އެތަނަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައި ކަމަށާ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބޭރުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.