ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޕޯޓަލް ޑައުންވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ހައުސިން ޕޯޓަލް ޑައުންވެއްޖެއެވެ.
ބެލެވޭގޮތުގައި ޕޯޓަލް ޑައުންވެފައިވަނީ، ގިނަބަޔަކު ޕޯޓަލަށް ވަންނަން އުޅޭތީއެވެ. ސަބަބަކީ މިރެއަކީ ބޯހިޔާވަހިކަމަށް އެދި ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ދުވަހަށް ވާތީއެވެ.
މިކަމާ ގުޅިގެން ހައުސިނުން މިރޭ ބުނީ، ޕޯޓަލަށް ދިމާވީ ޓެކްނިކަލް މައްސަލައެއްކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކޮށް ނިމިފައިވާކަމަށް ބުންޏެވެ.

ހައުސިނުން ބުނީ، ޕޯޓަލް ޑައުވުމާ ގުޅިގެން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ވަގުތަކީ މިރޭ ދަންވަރު 02:00 ކަމަށް ހައުސިނުން ބުންޏެވެ.
އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެނަށް ސިޔާރަތުގެ ދަށުން ހުޅުވާލާފައިވާ ފުރުސަތަށް ގިނަ ބަޔަކު މިހާތަނަށް ޯމް ހުށަހަޅާފައުވާކަން ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް