މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދުސަމާލު ނެރެފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދުސަމާލު ނެރެފިއެވެ.
މޯލްޑީވްސް މެތޮރޮލޮޖީ (މެޓު އޮފީސް) އިން ހުދުސަމާލު ނެރެފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑު ސިޓީއަށެވެ.
އެ ސަރުހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހެންދުނު 08:30 އިންފެށިގެން 14:30 އަށެވެ.
މިވަގުތުތަކުގައި މިސަރަހައްދުތަކަށް ގަޑިއަކު 40 މޭލަށްވާޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވިދާޅުވެފައި ވެއެވެ.
މެޓު އޮފީހުން ބުނީ، މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް