ސައިކަލުން ޖައްސައި އެކްސިޑެންޓްކޮށްލި މީހާ މަރުވެއްޖެ
ރޭ މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެއްސުމުން އެކްސިޑެންޓްކޮށްލި ސައިކަލުގައި އިން މީހަކު މަރުވެއްޖެއެވެ.
ބުރުޒުމަގުގައި ރޭ 10:30 ވާން އުޅެނިކޮށް ކުރި މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ހ. ބްލޫބާޑުގޭ މުހައްމަދު މިދުހަތު 26، އެވެ. އޭނާ މަރުވީ، ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު 1:45 ހާއިރުކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ބުނީ، ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، އެ މަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 10:28 ހާއިރު ލިބުނު ކަމަށެވެ.
އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.
އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓްކޮށްލި 26 އަހަރުގެ މިދުހަތަކީ 22 އަހަރުގެ އަންހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް