N/A
N/A
ހަބަރު 16 Feb 2020 | 12:37

އދ.ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރ މަގާމުގެ ފަތްކޮޅު އަރުވައިފި

އ.ދ.އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް، އެކަމަނާގެ މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މަޤާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.އިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ އަކީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާ، މިސް ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ އައު ރެޒިޑެންޓް ކޯޑިނޭޓަރ މިސް ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލްކުރުމުގައި އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިސް ހެސްވެލްގެ ވާހަކަފުޅުގައި އ.ދ.ގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ތަޢުރީފުކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އިން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.