އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް
މިނިސްޓްރީ އޮފް އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކަށް ހަމަޖައްސަވައިފައިވަނީ ހއ ހޯރަފުށީ ގުލްދަމްގޭ އަލްފާޟިލާ އާމިނަތު ނަޞީރެވެ.
އާމިނަތު ސަރުކާރަށް ޚިދްމަތް ކުރައްވާތާ މިހާރު 20 އަހަރު ވެއްޖެއެވެ. އެގޮތުން ހިޔުމަން ރައިޓްސް ކޮމިޝަންގަޔާއި އިންޓަރގްރިޓީ ކޮމިޝަންގައި އާމިނަތު ވަނީ ޚިދުމަތް ކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.
އާމިނަތުގެ ވަޒީފާ ބަދަލު ކުރައްވާފައިވަނީ އިއްޔެ އިން ފެށިގެނެވެ. އާމިނަތު ނަޞީރަކީ ސްޓްރެޓީޖެކް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް