މިއަދުން ފެށިގެން ޓްރާންސްޕޯޓްގެ ޚިދްމަތްތައް މެދުކަނޑާލަނީ
މިއަދުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީ އިން ދެމުންދާ ޚިދްމަތްތައް މެދުކަނޑާލާނެ ކަމަށް އެމިނިސްޓްރީ އިން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފައިވަނީ އެމިނިސްޓްރީގެ ހިންގުން ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ އަށް ބަދަލުކުރުމަށްޓަކައި މިއަދު 16 ފެބްރުއަރީ ވާ ދުވަހުގެ 14:00 ފެށިގެން 19 ފެބްރުއަރީ ގެ 8:00 ހަމައަށް އެއިދާރާގެ މަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށެވެ.
އިދާރާ ބަންދުކޮށް އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަޔަސް އޮންލައިންކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އަށް ހުށައެޅޭނެކަމަށް އެ މިނިސްޓްރީ އިނ ވަނީ ބުނެފައެވެ. އެމިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ލައިސެންސް އަށް ހުށައެޅޭނެ ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.
ސިމްސް ޕޯޓަލްގެ ލިންކް: sims.transport.gov.mv
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް