މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތުގައި ދިރިއުޅޭ އެންމެން ނެރެފި
މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން، އިމާރާތުގައި ދިރިއުޅޭ އެންމެން ނެރެ އިމާރާތް ހުސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މއ.އާހިޔާގުލްޝަން ގްރައުންޑް ފުލޯގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފްގެ އެފްއާރުއެސްގެ ފަޔަމަނުން ދިޔައިރު އަލިފާން ރޯވެފައި ވަނީ މއ.އާހިޔާގުލްޝަން ގްރައުންޑް ފުލޯގެ ޑީ ބޯޑްގައި ކަމަށްވެސް ބުނެފައިވެއެވެ.
މީހެ އިތުރުން އެމްއެންޑީއެފްއިން ބުނީ، އެފްއާރުއެސްގެ ފަޔަރމަނުން ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށާ ނަމަވެސް ފުދޭވަރަކަށް ދުންފެތުރިފައިވާތީ މުޅި ބިލްޑިންގ އެވަކުއޭޓް ކުރެވިފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް