ސަލާން ޖަހައި އުޅުނު ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
މާލޭ މަގުމަތީ ސަލާން ޖަހަން އުޅުނު ޖަޕާނު މީހެއް ކަމަށް ބެލެވޭ މީހާ، ފުލުހުން އިމިގްރޭޝަންއާ ހަވާލުކޮށްފި އެވެ.
މާލޭ މަގުމަތީ ސަލާންޖަހަން އުޅޭ ޖަޕާނު މީހެއް ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވާތާ ދުވަސްކޮޅެއް ވެފައިވާއިރު، އޭނާ ސަލާން ޖަހަނީ އެކި ފަހަރު އެކި ވާހަކަތައް މީހުން ކައިރީ ދައްކައިގެން ކަމަށް އޭނާ އާއި ދިމާވި މީހުން ވަނީ ބުނެފަ އެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ، މާލޭ މަގުމަތީ ސަލާންޖަހަން އުޅޭ އަންހެނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައުލޫމާތު ސާފުކުރުމަށް ފަހު އޭނާ މިހާރު އިިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް