ގެއްލުނު އާސިރު ހޯދައިފި
ގެއްލިގެން ހޯދަމުންދިޔަ ސ މަރަދޫފޭދޫ ގަސްކަރަ މުހައްމަދް އާސިރް އިސްމާއިލް ފެނިއްޖެއެވެ.
އޭނާ ފެނިފައިވަނީ ވާކަން ހާމަކުރައްވާފައިވަނީ ހޯމް މިނިސްޓަ އިމްރަން އަބްދުالله މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރ އިމްރާން ވަނީ ފުލުހުން ކުރެއްވި މަސައްކަތައް ނިހާއަތައް ޝުކުރު އަދާކުރައްވާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖު ގައި ބުނީ ރޭގެ ވަގުތެއްގައި އާސިރު ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް އޭނާ ފެނިފައިވަނީ ކޮންތާކުންކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.
ފެބުރުއަރީ 04 ވަނަ ދުވަހުން 19:30 ހާއިރުންފެށިގެން އާސިރު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 5 ފެބްރުއަރީ 2023 ގައެވެ. އޭގެ ފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު މާލެ ސަރަހައްދުގެ ގިނަ ސީސީޓީވީ ކެމެރާތަކެއް ވަނީ ބަލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް