ބްރިޖްގައި އެރޯ ޓްރެފިކް ލައިޓް ހަރުކުރަނީ
ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އިދާރާއިން ފަށާފައިވާ އިރު، އެ މަސައްކަތް ނިމެންދެން މެނުއަލްކޮށް ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަަށެވެ.
މިއާއެކު ފުލުހުން ވަނީ، ބްރިޖުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއްދީ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަކުރުމަަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެފަދަ ކަންކަމުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް