މަރާމާތައް ދާރުލް އާސާރު ބަންދުކުރަނީ
މަރާމާތުކުރުމަށް ޤައުމީ ދާރުލް އާސާރު ބަންދުކުރުމަށް ނިންމައިފިއެވެ.
ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފައިވަނީ ޖުލައި 16 ވާ އާދީއްތަ ދުވަހުން ފެށިގެން ޤައުމީ ދާރުލްއާސާރުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، ޢާންމުންނަސް ދެމުންދިޔަ ޚިދްމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވާކަމަށެވެ.
އަދި ކުރެވެމުންދާ މަރާމާތައްފަހު ދެން ދާރުލްއާސާރު އާންމުކޮށް ހުޅުވާލާނީ އޮގަސްޓު 15 ވާ ދުވަހު ކަމަށެވެ.
ދާރުލްއާސާރުގައި ބަހައްޓަފައިހުރި ދިވެހި ތާރީޚާއި ޘަޤާފަތާއި ގުޅުންހުރި ތަކެތި ބަލައިލުމަށް ދިވެހިންގެ އިތުރުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންވެސް ދާރުލްއާސާރަށް ޒިޔާރަތް ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް