ކޮޅުފުށީގައި ކުއްޖަކު ގެނބިގެން މަރުވެއްޖެ
މ ކޮޅުފުށީގައި ތުއްތު ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
ގެނބިފައިވަނީ އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ.
މިކަމާއި ގުޅޭ ގޮތުން ޕޮލިސް މީޑިއާއިން ވިދާޅުވެފައިވަނީ ކޮޅިފުށީ ސިއްޚީ މަރުކަޒަށް ގެންދިޔަ އެއް އަހަރުގެ ފިރިހެން ކުއްޖަކު އެމަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދުގެ 11:38 އެހާއިރު ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.
އަދި އެކުއްޖާއަކީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުން ފެނިގެން ސިއްޚީ މަރުކަޒަށް ގެންދިޔަ ކުއްޖެއް ކުއްޖެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހްޤީޤު ކުރަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް