އިންޑިއާގެ ހައި ކޮމިޝަނަރ އާއި ފުއާދު ތައުފީގު ބައްދަލުކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރ މުނޫ މަހާވަރު އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ބައްދަލުކުރައްވާފިއެވެ.
މިކަމާއި ގުޅިގެން އީސީއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މި ބައްދަކުވުމުގައި މިއަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބަހައްޓާގޮތަށް އީސީ އިން ވަނީ ނިންމާފައެވެ.
އަދި އިންތިޚާބުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރީ-ރެޖިސްޓްރޭޝަން އަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
އެގޮތުން އޮގަސްޓް 5 ގެ ހަވީރު 16:00 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް