އިހަވަންދޫ ޖަލްސާގައި ރައީސް ޔާމިން ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
އިހަވަންދޫ ޖަލްސާގައި ރައީސް ޔާމިން ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު 16 Oct 2022 | 03:10

ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި މީހުން މިނިވަން ކުރާނަން: ރައީސް ޔާމީން

މާތް ރަސްކަލާނގެ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއިދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކަމިޔާބުވެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދަތު ޖަހާފައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލާނެކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ހއ އިހަވަންދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހުންކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެހެން ނަމަވެސް މިހާރުވެސް މާފުށީ ޖަލުގައާއި އެހެންވެސް ތަންތަނުގައި ވާނުވާ މުއްދަތު ޖަހާފައި އެތައް ބަޔަކު ތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއްދަތު ޖަހާނަމަ މުއްދަތު ޖަހަންވާނީ އެމީހަކު މުޖުތަމައަށް ދޫކޮށްލާފައި ބެހެއްޓުމުގެ ސަބަބުން މުޖުތަމައަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތް މީހުން އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މުއްދަތު ޖައްސަވާ އެކަމަކު މުއްދަތު ޖައްސަވަންވާނީ ބޮޑެތި ބޮޑެތި ކުށްތައް ހިންގާކަމަށް ތުހުމަތުވާ މުޖުރިމުންގެ. ބޮޑެތި ޓެރަރިޒަމްގެ އަމަލު ހިންގާ މީހުން ނުވަތަ ބޮޑެތި މާރާމާރީގައި މީހުންގެ ގުނަވަން ބުރިކުރާ މީހުން ނުވަތަ މީހާގެ ޖިސްމަށް ބޮޑެތި ގެއްލުންދޭ މީހުން. މި ފަރާތްތައް ދޫކޮށްލާފައި ތިބުމަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމުގައިވާނަމަ މުއްދަތުޖަހާ"

ރައީސް ޔާމީން

ރައީސް ޔާމީން ވާނުވާ މުއްދަތު ޖަހާފައި ބަންދުގައި ބަހައްޓައިގެން ގޮސް ޝަރީއަތް ނިމޭއިރު، ހުކުން ކުރާ މުއްދަތަށްވުރެ ގިނަ ދުވަހުވެސް ޖަލުގައި ތިބޭ މީހުން މަދު ނޫން ކަން ފާހަގަކުރެވޭކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެމީހުންގެ ބޮޑު އަސާސީ ހައްގެއް ގެއްލިގެން ދިޔަ ނަމަވެސް އެމީހުންނަށް އެ ލިބުނު ގެއްލުމުގެ ބަދަލު ދައުލަތަށް ނުދެވޭކަމަށެވެ.

އެހެންކަމަށް ވާއިރު މިއީ ގާނޫނީ ހައްލެއް މިކަމުގައި ބޭނުންވާކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކަންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދތު ޖަހާފައި ތިބި މީހުން ދޫކޮށްލާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާއެކު އެމަނިކުފާނު ވަނީ ރަބަރު ތައްގަނޑު ޖަހާ އުސޫލުން ކޯޓުތަކުންވެސް މީހުން ބަންދުގައި ބޭތިއްބުމަށް އަމުރު ނުދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ކުށެއްގެ ތުހުމަތުގައި މީހުން ބަންދުކުރާ ހާލަތްތަކުގައި، އެ ބަންދު މުއްދަތު އިތުރުކުރަންވާނީ ދައުވާއެއް ކުރުމަށްފަހުގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ތަހުގީގަށް މީހުން ބަންދުކޮށް އެ މުއްދަތު 10 ދުވަހުން 15 ދުވަހުން ގޮސް 45 ދުހަކަށް އިތުރު ކުރުމަކީ މީހުންގެ ހައްގުތައް ގެއްލިގެންދާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ ކޮންމެހެން ނިމުމަކަށް އަންނަން ޖެހޭ ކަމެއްކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.