ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ
ހަބަރު 16 Nov 2022 | 08:02

ފުލުހުން މުޒާހަރާތައް ރޫޅާނުލާތީ ޢާއްމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އާދޭ: ޢިމްރާން

ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ އިހްތިޖާޖު ތަކާއި އެއްވުންތަކާއު ގުޅިގެން އާއްމު ފަރުދުންނަށް އުނދަގޫވާތީ، އެފަދަ އެއްވުންތައް ފުލުހުން ރޫޅާ ނުލައިގެންވެސް އާއްމުން ޝަކުވާ ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ޢިމްރާން މިފަދައިން ވިދާޅުވީ ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވީނަމަވެސް، ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭއްވި އެއްވުންތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލާތަން ފެންނަމުންދާ ކަން ފާހަގަކޮށް އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ދޭން ސަރުކާރުން ވިސްނަނީ ކޮން އިރަކުތޯ އަހައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޢިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް މި ސަރުކާރު އައި ފަހުން އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން އެއްވެ އުޅުމުގެ މިނިވަންކަން ދެވެންއޮތް އެންމެ ފުޅާ މިނެއްގައި މި ސަރުކާރުން ދެމުން އަންނަކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ އެއްވެ އުޅުންތަކަށް ހުރަސް އަޅާ ވާހަކަ ދައްކާއިރު ބަލަންވާނީ ކުރީ ސަރުކާރުން އެއްވެ އުޅުންތަކަށް ހުރަސް އެޅި މިންވަރަށް މި ސަރުކަާރުން ހުރަސް އެޅިތޯ ކަމަށެވެ. އެގޮތަށް ބަލާނަމަ ކުރީގައި އެއްވެއުޅުންތަކަށް ހުރަސް އަޅައި މުޒާހަރާތައް ރޫޅާލާފައިވާ މިންވަރާއި މިހާރު ރުޅާލާ މިންވަރާ ބޮޑު ތަނުން ތަފާތު ވާނެ ކަމަށް ޢިމްރާން ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އަޅުގަނޑުމެން އެއްވުމަކަށް ވަކި ގޮތަކަށް އަމަލުކުރާކަށް ނުފޫޒެއް ނުފޯރުވަން. އެބޭފުޅުން، ގާނޫނުގެ ތެރެއިން އޮޕަރޭޝަންސްތައް ހިންގުމަށް ދެވެން އޮތް އެންމެ ފުޅާ މިނެއްގައި ފުރުސަތު ދީގެން އެއްވުންތައް ކުރިއަށް ގެންދާކަން އަޅުގަނޑު ގަބޫލު ކުރަން. މިހާރުވެސް އެއްވުންތައް، ބަހެއް ފަހަރަށް އެއްވުންތަކުގެ ތެރެއިން ފަރުދުންނަށް ދިމާވާ މައްސަލަ ތަކުގައި މ، އެ ފަރުދުންނަށް ދިމާވާ ދަތިތަކާއި ހުރެ ފުލުހުން ރޫޅާ ނުލައިގެން ނުވަތަ ފިޔަވަޅު ނާޅައިގެން  އެތައް ޝަކުވާއެއް އަޅުގަނޑުމެންނަށް އެންމެ ފަހުން މި ދިޔަ އެއްވުން ތަކުންވެސް އައިސްފައިވޭ.

ފުލުހުން އެއްވުން ތަކާއި މުޢާމަލާތް ކުރަމުން ދަނީ ގާނޫނުތަކަށް ބަލައިގެން އެއާއި އެއްގޮތަށް ކަމަށާ، އެކަން ކުރިއަށް ދަނީ ގާނޫނީ ހަމަ ތަކުގެ ތެރެއިން ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ޢިމްރާންގެ ވާހަކައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ، މި ސަރުކަާރު އައިފަހުން އެއްވުންތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި މާލޭއާއި އަތޮޅު ތެރޭގައި ފުރުސަތު ދެއްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެފަދަ ކަންކަން ރާވާ ފަރާތްތައް އެކަން ފުލުހުންނަށް އެންގުމުން އެމީހުންނަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަންވެސް ފޯރުކޮށްދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.