ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ސިނަމާލޭ ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ދާދި ދެންމެ އަކު ބުނީ، ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް 14:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށާ، އެމީހާ މިހާރު ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓްގައި ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް