ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 13:00 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިއެކްސިޑެންޓްގައި ތިން ފިރިހެނުންނާއި އަންހެނަކަށް އަނިޔާ ވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 23 އަހަރުގެ އަންހެނެއް ކަމަށާ، އެމީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
އަދި އަނެއް ސައިކަލު ދުއްވަން އިން ފިރިހެންމީހާ އަކީ ލައިސެންސް އޮތް މީހެއް ކަމުގައިވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް