ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު
ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު
ހަބަރު 16 Dec 2023 | 04:53

އިންތިޚާބުތަކުގައި ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެކަމުގެ ނިޝާނެއް: ޢާޒިމާ

އިންތިޚާބުތަކުގައި ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެ ކަމުގެ ނިޝާނެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޢާޒިމާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޢާޒިމާ ވިދާޅުވީ އިންތިޚާބުތަކުގައި ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެ ކަމުގެ ނިޝާނެއް ކަމަށާއި މޮޅުވުމަކީ ދަނޑު މަތީގައި މޮޅުވުން ކަމަށެވެ.

މިފަދައިން ޢާޒިމާ ވިދާޅުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިބި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަޣްލަބިއްޔަތުން އިންތިޚާބީ ރައީސާއި ނައިބު ރައީސް އަޒުލްކުރެވޭނެ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައުމަށް ކޮމިޓީ އިން ނިންމުމާއި ގުޅިގެނެެވެ.

މިކަމާއި ގުޅިގެން ޢާޒިމާ އިތުރަށް ވިދާޅުވީ ރައީސް އާއި ނައިބު ރައީސް މަޤާމުން އަޒުލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަޣްލަބިއްޔަތުން ކަމަށެވެ.

އެގޮތުން “ވޯޓް އޮފް ނޯ ކޮންފިޑެންސް” އާއި “އިމްޕީޗްމެންޓް” ތަފާތު ނޭނގޭ ބަޔަކު، ޤަވާއިދަކުން ދުސްތޫރު ބަދަލުކުރަން ހިފީމާ އެނގެނީ ޤާނޫނީ ވިސްނުމުގެ ބަލިކަށިކަން ކަމުގައި ޢާޒިމާ ވިދާޅުވިއެވެ.

އެ ޤަވާއިދަށް ބަދަލު ގެނައުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރައީސް އާއި ނައިބު ރައީސް އަޒުލްކުރުމާއި، މަޖިލީހުގެ މެންބަރުގެ ޢަދަދު ގުނާނެ ގޮތުގެ ޤަވާއިދަށް މުހިންމު ނިންމުންތަކެއް ނިންމައިފައިވެއެވެ.

މިގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވަނީ މަޖިލީހުގެ މެންބަރުންގެ ޢަދަދު ގުނާއިރު، މެންބަރުން އިސްތިއުފާ ދިނުމުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ ހުސްވެފައިވާ ގޮނޑިތަކާ ނުލައި މެންބަރުންގެ ޢަދަދު ގުނުމަށް ހުށަހަޅުއްވާފައެވެ.

ފެށިގެން މިދާ އައު ސަރުކާރުގެ އިސް މަޤާމުތަކާއި ހަވާލުވެވަޑައިގެންނެވުމަށް  ޕީޕީއެމް/ޕީއެންސީގެ ބައެއް މެންބަރުން ވަނީ އިސްތިިއުފާ ދެއްވައިފައެވެ. އެއާއެކު، މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު 80 އަށް މަދުވެފައިވާއިރު، މެންބަރުންގެ ޖުމުލަ ޢަދަދަކީ 87 ކަމަށް އަދިވެސް ދަނީ ބަލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ އޮތް ގޮތާއި، 19 ވަނަ މަޖިލީހުގެ މިހާތަނަށް ޢަމަލުކުރެވެމުން ވެސް އަންނަ ގޮތުން، މަޖިލީހުގެ މެންބަރުންގެ ޖުމްލަ ޢަދަދު ގުނާނީ އެ ދައުރެއްގެ ޖުމްލައަށް ބަލައިގެންނެވެ.

ނަމަވެސް މި ޤަވާއިދު ބަދަލުކުރުމަށް މެންބަރު ޝިފާޢު ވަނީ ހުށަހަޅުއްވައިފައެވެ.

އެގޮތުން ޝިފާޢުގެ ހުށަހެޅުއްވުމާއެކު ކޮމިޓީއިން ގެެނެސްފައިވާ ބަދަލުތަކަކީ:

• ގަވާއިދުގެ ބޭނުމަށްޓަކައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެ ވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ ޢަދަދަށް ކަން

• މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާއިރު ހުސްވި އެ ދާއިރާގެ ގޮނޑި ނުގުނުން

ޝިފާއު ހުށަހެޅުއްވި މި އިސްލާޙުތައް ފާސްވެއްޖެނަަމަ ދެން މަޖިލީހުގެ މެންބަރުންގެ ޢަދަދު ގުނާނީ 80 އިންނެވެ. އެހެން ވެއްޖެ ކަމަށްވާނަމަ ރައީސް އާއި ނައިބު ރައީސް އަޒުލްކުރުމަށް ބޭނުންވާނީ 54 މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 55 މެންބަރަކު މިހާރުވެސް އެބަ ތިއްބެވިއެވެ.

ނަމަވެސް، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ.

އަދި މަޖިލީހުގެ ޤަވާއިދަށް ގެނެވޭ އިސްލާހެއް މެދުވެރިކޮށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާއަކަށް މުޅިން އައު މާނަކުރުމެއް މަޖިލީހުގެ މެންބަރުންނަކަށް ނުގެނެވޭނެ ކަމަށް ހަމަ އެ ޤާނޫނު އަސާސީގައި ވާއިރު، އެކަން ކުރުމުގެ ބާރުލިބެނީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާއިން ހަމައެކަނި ސުޕްރީމް ކޯޓަށްކަމަށް ވެސް ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.