ގެބްރިއަލް އަޓަލް -- ފޮޓޯ: ޕީބީއެސް
ގެބްރިއަލް އަޓަލް -- ފޮޓޯ: ޕީބީއެސް
ދުނިޔެ 11 Jan 2024 | 03:32

ފްރާންސްގެ އެންމެ ޒުވާން ބޮޑުވަޒީރަކަށް ގެބްރިއަލް އަޓަލް

ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުރި 34 އަހަރުގެ ގެބްރިއަލް އަޓަލް އެގައުމުގެ އާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައިފި އެވެ. މި އާއިކު އޭނާ ވެގެން ދިޔައީ ފްރާންސް ގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ.

ފްރާންސް ގެ ރައީސް މެކްރޮންގެ ރެނެސަންސް ޕާޓީގެ ތެރޭގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ބޭފުޅެއް ކަމަށްވާ އަޓަލް އަކީ ޖުލައި މަހުން ފެށިގެން ތައުލީމާއި ގައުމީ ޒުވާނުންގެ ވަޒީރުކަން އަދާ ކުރައްވަމުން ގެންދެވި ބޭފުޅާއެވެ. އޭނާގެ މިނިސްޓަރު ކަމުގެ ދައުރުގައި ފްރާންސްގެ ޕަބްލިކް ސްކޫލްތަކުގައި އަބާޔާ ލައިގެން އުޅުން މަނާކުރުމުގެ ގާނޫނެއް ފާސްކޮށް، ސްކޫލްތަކުގައި ބުލީ ކުރުމާ މެދު ހޭލުންތެރި ކުރުވުމަށް މަސައްކަތް ވަނީ މަސައްކަތްކޮށްފައެވެ. އަޓަލް ގެ މިނިސްޓަރު ކަމުގެ ދަށުން ފާސްކުރި އަބާޔާ ލައިގެން އުޅުން މަނާކުރުމުގެ ގާނޫނަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ފާޑު ކިޔުންތައް އަމާޒުވިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މަގާމަށް އައްޔަނުވެވަޑައިގަތުމަށް ފަހު އަޓަލް ދެއްވި ތަގުރީރުގައި ތައުލީމާއި އިންފްލޭޝަން އާއި ފްރާންސްގެ އިގްތިސާދު ލިބަރަލައިޒް ކުރުމާއި ޒުވާނުންގެ ތަރައްގީ އަކީ ގައުމުން އިސްކަންދޭން ޖެހޭ ކަންކަމުގެ ތެރޭގައި ފާހަގަކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ތައުލީމަށް އަލިއަޅުއްވާލައްވައި ވިދާޅުވީ "އަޅުގަނޑުމެންގެ ހަނގުރާމަތަކުގެ މަންމަ، އަޅުގަނޑުމެންގެ އިސްކަންދޭ ކަންކަމުގެ މައިގަނޑުގައި އޮންނަން ޖެހޭ އެއް" ކަމަށެވެ.

ކޮވިޑު-19 ގެ  ދުވަސްވަރު ސަރުކާރުގެ ތަރުޖަމާނު ކަމުގައި ހުންނެވުމުގެ ސަބަބުން އަޓަލް ގެ މަގުބޫލުކަން އިތުރަށް ފްރާންސް ގެ ރައްޔިތުންގެ ކުރިމަތީގައި ބޮޑުވެގެން ދިޔައެވެ. އޭގެ ފަހުން އޭނާގެ ސިޔާސީ ހަޔާތް ވަރަށް އަވަހަށް ކުރި އަރައިގެން ގޮސް، މެކްރޮންގެ ވެރިކަމުގެ ދެވަނަ ދައުރުގައި އެޑިއުކޭޝަން މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން ޕަބްލިކް ވޯކްސް އެންޑް ޕަބްލިކް އެކައުންޓްސް މިނިސްޓްރީގެ އިސްވެރިއެއްގެ މަގާމް ވެސް އޭނާ ފުރުއްވިއެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން އޭނަގެ މަސްއޫލިއްޔަތަކަށް ވާނީ އާ ސަރުކާރެއް އެކުލަވާލުމާއި ރައީސްގެ އެޖެންޑާ ކުރިއަރުވާ ގާނޫނެއް ފާސްވުން ކަށަވަރު ކުރުމެވެ. ބޮޑު ވަޒީރު ކަން އޭނާ ކުރެއްވި ނަމަވެސް ވެރިކަމުގެ ގިނަ ބާރު އޮތީ ފްރާންސްގެ ރިޔާސަތުގެ އަތުގައެވެ.

އޭނާ ބޮޑު ވަޒީރު ކަމަށް އައްޔަން ކޮށްފައި މިވަނީ އަލްޖީރިއާގެ ނަސްލުގެ ފުރާވަރުގެ ކުއްޖަކަށް ފުލުހުން ބަޑިޖަހައި މަރާލުމާއި ގުޅިގެން 20 މަސްދުވަހުގެ ހަލަބޮލި ވެރިކަމުގެ ދުވަސް ތަކަކަށް ފަހު ފްރާންސްގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ކަމުގައިވާ އެލިޒަބަތު ބޯން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.