N/A
N/A
ހަބަރު 17 Feb 2020 | 17:04

އިންޓަނެޓްގެ އަގުހެޔޮކުރަން ވީ ވައުދު ފުއްދުން 2022 ގައި!

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުން، އޮތީ 2022 ވަނަ އަހަރުގެތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައި ވަނީ، އިންޓަނެޓް އަގު ކުޑަކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު، މިނިސްޓަރު މަލީހު ޖަމާލު ސޮއިކުރައްވައި އެކަން ލިޔުމުން ރައީސް އޮފީހަށް އެންގުމުން، މަލީހަށް ދެއްވި ޖަވާބުގައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އާމިނަތު ޝައުނާ ސޮއިކުރައްވައި، މި މަހުގެ 10 ވަނަ ދުވަހު މިނިސްޓަރު މަލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި ރައްޔިތުންނަށް އެކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވި، މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް އެގޮތަށް ބަދަލު ގެނައުމުން ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ ކަމަށްވެސް ސިޓީގައި ވެއެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ރިއާޔަތްކޮށް، ސެޕްގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށް މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.

އެގޮތުން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސެޕްގައި ބަލާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާތީ، އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް، އެންމެ އެކަށޭނަ، ވަށާޖެހޭ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް ވެސް މިނިސްޓްރީއަށް އަންގާފައި ވެއެވެ.

މީގެއިތުރުން ޑޭޓާ އެލަވަންސް އިތުރުކޮށްދިނުމަށް ބަދަލެއް ގެނައުމުގައި، މިނިސްޓްރީގެ ޕްރޮޕޯސަލްގައި ފާހަގަކޮށްފައިވާ ގޮތަށް ސޯޝަލް މީޑިއާގެ އެލަވަންސް އިން ބަދަލު ގެނައުމަކުން ރައްޔިތުންގެ ޝަކުވާތަކަށް އެކަށޭނަ ހައްލެއް ލިބި، މާބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އިންޓަނެޓުގެ އަގަށް ބަދަލުގެނައުމުގައި، އެ ކަންކަމަށް ރިއާޔަތްކުރުން މުހިންމު ކަމަށް ރައީސް އޮފީހުން ދެކެއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމަށް މިއަދު 15 މަސް ފުރުނު އިރު، އަދިވެސް އިންޓަނެޓްގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.