ރައީސް ޔާމީންގެ އެއާޕޯޓަށް ރައީސް ނަޝީދު ތަޢުރީފު ކުރައްވައިފި
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުގައި ފަރެސްމާތޮޑާގައި އަޅުއްވަން ފެއްޓެވި އެއާޕޯޓަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުރީފު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެއާޕޯޓު ޑިޒައިން ވަރަށް ރީތި ކަމަށެވެ. އަދި އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އެއާޕޯޓުވެސް ސިފަކުރެވޭކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އެއާޕޯޓު ޑިޒައިންސް ވަރަށް ރީތި. ވެލާނާ އެއާޕޯޓުވެސް ކޮންމެސް ވަރަކަށް އެބަ ފެނޭ"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
ދާދި ފަހުން ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވާއިރު އެ އެއާޕޯޓަކީ މި ސަރުކާރުގެ މަސައްކަތަކަށް ހަދާ، އެއާޕޯޓުގެ ކްރެޑިޓް ވަނީ މި ސަރުކާރުން ނަންގަވާފަ އެވެ.
އެހެން ނަމަވެސް އެ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އަޅުއްވަން ފެއްޓެވި އެއާޕޯޓެކެވެ. އެއާޕޯޓު ނިންމަން އޮތް ތާރީހަށް ނުނިންމި ދިގުލައިގެން ދިޔައީ ސަރުކާރު ބަދަލުވުމާއެކު މަޝްރޫއުގެ ސްޕީޑަށް އައި ބަދަލާއި ގުޅިގެންނެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފްލާފައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ އެފަދަ މަޝްރޫޢުއެއް އެރަށުގައި ފައްޓަވާދެއްވިކަމަށްޓަކައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެ ދާއިރާގެ މެމްބަރުގެ މަސައްކަތްވެސް ފާހަގަކުރައްވާ މެމްބަރަށްވެސް ޝުކުރު ދަންނަވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް