ތިނަދޫގައި ސިހުރުހަދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް ވިދާޅުވީ، ތިނަދޫގައި ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 14 ޖުލައި 2023 ވީ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ރިޕޯޓް ކޮށްފައިވަނީ ސަހަރާ ތެރޭގައި މީހުން އުޅޭ ކަމަށް ޝައްކު ވެގެން، އެ ރަށު ބަޔަކު ގޮސް ބެލި އިރު އެތަނުން ސިހުރު ހަދަން ގެންގުޅޭ ޒާތުގެ ތަކެތި ފެނިފައި ވުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް