ެއެމްއައިބީގެ އައު ބިޒްނަސް ސެންޓަރެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އައި ބިޒްނަސް ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ.
މި ބިޒްނަސް ސެންޓަރު ހުޅުވާފައިވަނީ ހ. އާޓިފިޝަލް ބީޗު ކުރިމަތިން، ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ހިންގި ހ. މެރިން ޑްރީމްގައެވެ.
އެމްއައިބީގެ އައު ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ.
މި ސެންޓަރު ހުޅުވާފައިވަނީ ކަސްޓަމަރުންނަށް ދެވޭނެ ގިނަ ޚިދްމަތްތަކަކާއި އެކުއެވެ. އެގޮތުން ސެލްފް ސާވިސް ރުފިޔާ އަދި ޑޮލަރު އޭޓީއެމް، ބޭންކް ކާޑު ދޫކުރުމުގެ އިތުރުން އެ ސެންޓަރުގައި ބިޒްނަސް ލައުންޖެއް ހުންނާނެ ކަމަށާއި ކަސްޓަމަރުންނަށް ވަން ސްޓޮޕް ޚިދުމަތެއް ލިބޭނެ ތަނަކަށް މި ސެންޓަރު ވާނެ ކަމަށް އެމްއައިބީ އިން ބުނެފައިވެއެވެ.
އެމްއައިބީން ބުނެފައިވަނީ ބިޒްނަސް ސެންޓަރާ އެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް